ޕޮޒިޓިވް މީހަކާއި ކޮންޓެކްޓް ވިނަމަވެސް ކަރަންޓީނު ލިޔުން ލިބެންދެން އެމީހާއާއި ކޮންޓެކްޓްވި މީހުންނަށް ވަޒީފާއަށް ދެވޭނެ ކަމަށް އެޗްޕީއޭއިން މިރޭ މާލޭގެ ގެއެއްގެ ބަޔަކަށް އަންގައިފިއެވެ.
އެޗްޕީއޭއިން އެގޮތަށް އަންގާފައިވަނީ މާފަންނުގައި ހުންނަ ގެެއެއްގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅޭ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއާއެކު އެއްކޮޓަރިއެއްގައި ދިރިއުޅޭ އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ބަޔަކު ޕޮޒިޓިވް މީހާގެ ކަރަންޓީނު ލިޔުން ހޯދަން އެޗްޕީއޭއަށް ގުޅުމުންނެވެ. ޕޮޒިޓިވްވި މީހާ އާއި އެއްކޮޓަރީގައި އެކި ތަންތަނުގައި ވަޒީފާ އަދާކުރާ ގިނަ މީހުން ތިބިއިރު އެމީހުން ވަޒީފާ އަދާކުރާ ތަންތަނުން ވަނީ ޕޮޒިޓިވްވި މީހާގެ ކަރަންޓީނު ލިޔުން ހޯދުމަށް އެ މުވައްޒަފުންނަށް އަންގާފައެވެ.
ކަރަންޓީނު ލިޔުން ނުލިބޭނަމަ ވަޒީފާ އަދާކުރާ ތަންތަނުން ބަލަނީ އެމުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. އަދި ޖެހިޖެހިގެން ސަލާމް ހެއްދި ނަމަވެސް ވަޒީފާ އަދާކުރާ ބަޔެއް ތަންތަނުން ސަލާމް ސެޓްފިކެޓް ގަބޫލެއް ނުކުރެއެވެ. އެކަމާ ގުޅިގެން އެގޭގެ ވެރިފަރާތުން އެޗްޕީއޭގެ ކޯލް ސެންޓަރަށް ގުޅައި އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމުން އެޗްޕީއޭގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވީ ކޮންޓެެކްޓް ޓްރޭސިން ހެދުމަށް ޕޮޒިޓިވްވި މީހުންނަށް މިހާރު ގުޅަމުންދާ ކަމަށާއި، އެކަން ލަސްވާތީ މައާފަށް އެދޭކަމަށެވެ. އަދި ޕޮޒިޓިވްވިމީހާއާއި ކޮންޓެކްޓްވިނަމަވެސް ކަރަންޓީނު ލިޔުން ލިބެންދެން މުވައްޒަފުންނަށް ވަޒީފާއަށް ނުކުމެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކޮޅުން ގުޅާފައި ކަރަންޓީނުވާން ވިދާޅުނުވާ ކަމަށް ވަނީނަމަ އޮފީހަށް ދުރުވެވޭނެ އެގޭތޯ." އެޗްޕީއޭގެ ކޯލް ސެންޓަރުން ވާހަކަ ދެއްކި ފަރާތުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ ކަރަންޓީނު ލިޔުން ލިބުމުގައި ލަސްވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމައްސަލަ ދިމާވަނީ ކަރަންޓީން ބެކްލޮގެއް އުޅޭތީ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ކަރަންޓީނު ލިޔުން ނުލިބޭނަމަ ވަޒީފާއަށް ދެވޭނެ ކަމަށް އެޗްޕީއޭއިން "އަންގާފައި" އޮވެގެން ނުވާނެ ކަމަށް މަބުރޫކް މިރޭ ވިދާޅުވިއެވެ.
"ޑޮކިއުމަންޓް (ކަރަންޓީނު ލިޔުން) ލިބެންދެން ވަޒީފާއަށް ނުކުތުން އެއީ އެޗްޕީއޭގެ ސްޓޭންޑެއްނޫން، އެގޮތަށް އަންގާފައި އޮވެގެން ނުވާނެ." މަބުރޫކް ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެ ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުން އެޗްއީއޯސީގެ ހަރަކާތްތައް އަލުން ވަރުގަދަކޮށް މަސައްކަތް ފެށިއިރު ނަތީޖާ ނުލިބޭ ބޮޑު ސާމްޕަލް ބެކްލޮގެއްގެ އިތުރުން ކަރަންޓީން ލިޔުން ދޫނުކުރެވޭ ބޮޑު ބެކްލޮގެއްވެސް އޮތްކަން މަބްރޫކް ވަނީ ފާހަގަ ކުރަށްވާފައެވެ. އެހެންކަމުން ކޯވިޑް ފެތުރުން ކުއްލިއަކަށް އިތުރުވެގެން ދިއުމުގައި ފަރުދީ ޒިންމާ އަދާނުކުރުމުގެ އިތުރުން މެނޭޖްކުރުމުގެ މައްސަލަވެސް ވަރަށް ބޮޑުކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު