މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައި ވަނީ މާލެ ހިމެނޭ ސަރަހައްދުގައި މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މެދުކަނޑާލަން އަންގައިފައިވާއިރު އެޗްޕީއޭ އިން މީގެކުރިންވެ ވަނީ މިސްކިތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ނަމާދު ކުރަން އަންގާފައެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުސްވި އަހަރުވެސް ގިނަ ދުވަސްތަކެއް ވަންދެން ނަމާދުގެ ޖަމާއަތް ހެދުން މަނާކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު