ހއ. ދިއްދޫ
ހއ. ދިއްދޫ
ކޯވިޑް-19 އަށް ހއ. ދިއްދޫ އިން ޕޮޒިޓީވްވީ މިހުންގެ ޢަދަދު 98 އަށް އަރައިފިއެވެ.

ދިއްދޫ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރުމުން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެކަމާ ގުޅިގެން މިމަހުގެ 1 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. ދިއްދޫ އިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުން 837 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ހަދައި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ދިއްދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުން 98 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެރަށުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 34 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާކަމަށެވެ.

ދިއްދޫގައި ކޯވިޑް-19 ފެތުރެމުންދާތީ ދިއްދޫ ކައުންސިލުން ވަނީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ 29 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ކޮވިޑްގެ 1800 އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޢަލީ

11-May-2021

ދިއްދޫގަ ހުންނަނީ ހޮސްޕިޓަލެއް ނޫސްވެރިންނަށް އެނގެން ޖެހޭނެ