އޭދަފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 187 އަށް އަރައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެރަށުން 187 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެރަށުން އިއްޔެވެސް އަލަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން 1329 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ނަތީޖާ ނުލިބިވަނީ 57 ސާމްޕަލްއެއްގައެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށެވެ. އަދި މިހާރުވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. އޭދަފުށިން މިބަލި ޖެހުމަށްފަހު 97 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އޭދަފުށީގައި ޖުމުލަ 90 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ.
އޭދަފުށީގެ ތިންހާސް މީހުންގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެޗްޕީއޭ އިން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކަކާއެކު އެޗްޕީއޭގައި ކާފިއު އިޢުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު