ހދ. ކުޅުދުއްފުށި (ފޮޓޯ: ކުޅުދުއްފުށި އޮންލައިން)
ހދ. ކުޅުދުއްފުށި (ފޮޓޯ: ކުޅުދުއްފުށި އޮންލައިން)
ކުޅުދުއްފުށި ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ އެންމެން ބަލިން ރަނގަޅުވެ އެރަށް އާއްމު ޙާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި މޮނިޓަރިންގއަށް ލާފައިވަނީ އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު މިމަހުގެ 2 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ގެންގޮސް، 234 ސާމްޕަލް ނަގާފައިވެއެވެ.

ކުޅުދުއްފުށި ސިޓީން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ސިޓީގެ 13 ގެއެއް މޮނޮޓަރިންއަށް ލާފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން