ކުރިޔަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. ނާޝިދު ވިދާޅުވީ އެމަނިކުފާނު ލައިފް ސަޕޯޓުން ނަގާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ރިކަވަރީއާ މެދު ޑޮކްޓަރުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ޑރ. ނާޝިދު ވިދާޅުވިއެެވެ.

ރައީސް ނަޝީދާއި ވާހަކަ ދައްކަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އަދި ކުރިޔަށް ވުރެ ވަރުގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ޑރ. ނާޝިދު ވިދާޅުވިއެެވެ.





ކުރިޔަށް ވުރެ ވަރުގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު ރައީސް ސޯލިހް ވެސް ވަނީ ރައީސް ނަޝީދު ދެން ވަޑައިގަންނަވާނީ މާ ވަރުގަދަކޮށް ކަމަށް ވިދާޅުވެފައެެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެ އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެމަނިކުގެ ހާލުކޮޅު މިހާރު ހަމައަކަށް އެޅެމުން އަންނަ ކަމުގައި އާއިލާއިން ބުނެފައިވާއިރު މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ ދެ މީހަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންނާބެހޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން