ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލު މިއަދު މެންދުރުފަހު ހާމަކުރާނެކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް އެމަނިކުފާނު ފަރުވާ ހޯއްދަވަމުންދާއިރު، ފުލުހުންނާއި ސިފައިން ދަނީ އެމައްސަލަ ތަހުގީގްކުރަމުންނެވެ. އަދި ރައީސް ނަޝީދުގެ ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ހަމައަކަށް އެޅެމުންދާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

މިމައްސަލަގައި ތުހުމަތުކުރެވޭ 4 މީހަކު ފާހަގަވެފައިވާއިރު، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް މީގެކުރިން ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގެ ތަހުގީގު ޓީމާ ގުޅުމަށް އޮސްޓްރޭލިއާގެ ފުލުހުންގެ ތަޖުރިބާކާރު ޓީމެއް މިއަދު ރާއްޖެއަންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން