ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލައިފް ސަޕޯޓުން ނަގައިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާ ބެހޭގޮތުން އެމަނިކުފާނުގެ ކޮއްކޯފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އެމަނިކުފާނު ލައިފް ސަޕޯޓުން ނަގައިފައިވާ ކަމަށެވެ. އަދި މަންމާފުޅާއި ބައްޕާފުޅާއި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އާއިލާ އިން ބުނެ އެވެ.

އާންމުކޮށް ލައިފް ސަޕޯޓުން ނަގާނީ ބަލިމީހާގެ ހާލު ސްޓޭބަލް ވުމުން ނުވަތަ ހަމައަށް އެޅުމުންނެވެ.



ރައީސް ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އައިއީޑީއެެއް ގޮއްވާލައިގެން ދިން އެ ހަމަލާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ސިފައިންގެ ދެ މީހަކަށާއި، ފަތުރުވެރިއަކަށް އަދި އާންމު ރައްޔިތަކަށް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.



ރައީސް ނަޝީދު ފިޔަވައިި، އަނިޔާތަކުގައި ފަރުވާދެވުނު އެންމެން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ނަމަވެސް ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލުގައި އެދުމަތިކޮށްގެން އެމަނިކުފާނުގެ 4 ސާޖަރީ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެހުރިހާ ސާޖަރީއެއް ވެސް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ. އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ އިސްތަށިފުޅާ، މޭފުޅާއި، ބަނޑުފުޅު އަދި ހަތަރެސްފައިންޕުޅަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ފުލުހުން ތަހުގީގު ފަށާފައިވާއިރު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ހަމަލާގައި ބައިވެރިވި ކަމަށް ޝައްކު ކުރެވުނު 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން