ކޯވިޑް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުން އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

އިނގިރޭސިވިލާތުގެ "ރަތް ލިސްޓަށް" ދިވެހިރާއްޖެ އިތުރުކޮށްފައިވާއިރު، ރާއްޖޭގައި ކޯވިޑް ޖެހޭ މިންވަރު ދަނީ ހުއްޓުމެއްނެތި މައްޗަށް އަރަމުންނެވެ. އެގޮތުން އިއްޔެވެސް ރާއްޖެއިން 800 އެއްހާ މީހުން ޕޮޒިޓިވްވިއެވެ.

އިނގިރޭސިވިލާތުގެ ރަތް ލިސްޓްގައި ރާއްޖޭގެ އިތުރުން 43 ގައުމެއް ހިމެނެއެވެ.

މިލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުމަށް ފަހު 14 ދުވަސް ފުރިހަމަނުވާ ނަމަ، އިނގިރޭސި ރައްޔިތުން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް އިނގިރޭސިވިލާތައް އެތެރެއެއް ނުވެވޭނެއެވެ. އަދި އެގައުމުގެ މީހުން ކަރަންޓީން ވުން މަޖުބޫރު ވާނެއެވެ. ކަރަންޓީން ވާން ޖެހޭނީ ވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައި ހުންނަ ހޮޓަލެއްގައެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ރަތް ލިސްޓް އެކުލަވާލިއިރު ރާއްޖެ އެލިސްޓްގައި އޮތްނަމަވެސް ފަހުން އެލިސްޓުން އުނިކުރިއެވެ. އަނެއްކާވެސް އިނގިރޭސިވިލާތުގެ ރަތް ލިސްޓަށް ރާއްޖެ ލާފައި މިވަނީ ރާއްޖެއިން ކޯވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން