ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން އުފައްދާފައިވާ ސިނޮފާމް ވެކްސިން އެމަރޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދީފިއެވެ.

އެމަރޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް ހުއްދަދެވޭ ކޮވިޑް ވެކްސިންތަކަކީ، ވެކްސިނުގެ ރައްކާތެރިކަމާމެދު ކުރެވޭ ދިރާސާތަކުގެ ނަތީޖާއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދެވޭ ވެކްސިނެވެ. މިގޮތަށް ދެވޭ ހުއްދައާއެކު ކޮވިޑް ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުވެ އެކިގައުމުތަކުގައި ވެކްސިން ބޭނުން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. އަދި މިފަދައިން ހުއްދަދެވޭ ވެކްސިން ތަކަކީ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ފަގީރު ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައިވެސް ބޭނުން ކުރެވޭނެ ވެކްސިން ތަކެކެވެ.

ޗައިނާގެ ސިނޮފާމް ވެކްސިން ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ސިނޮފާމްގެ އިތުރުން، އެމަރޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް މިހާތަނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަދެވިފައިވާ ވެކްސިން ތަކުގެ ތެރޭގައި ފައިޒަރ އަދި ބައޯންޓެކްގެ ކޮވިޑް ވެކްސިން، އޮކްސްފޯޑް އަދި އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިން، އަދި ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ކޮވިޑް ވެކްސިނާއި، މޮޑަރނާ ކުންފުނީގެ ކޮވިޑް ވެކްސިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން