ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި އެފްއޭއެމް ހައުސް ބޭނުން ކުރުމަށް އެޗްޕީއޭއަށް ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި އެފްއޭއެމް ހައުސް ބޭނުން ކުރުމަށް އެޗްޕީއޭއަށް މިއަދު ދީފައިވާ ކަމަށެވެ. އަދި އެ ޢިމާރާތް އިންސްޕެކްޓް ކުރެއްވުމަށް އެޗްއީއޯސީގެ އިސް ބޭފުޅުން މިއަދު ޒިޔާރަތް ކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ފުޓުބޯޅަ ޢާއިލާ އަބަދުވެސް އޮންނާނީ ޤައުމަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް އެހީތެރިވެދިނުމަށް ތައްޔާރަށް ކަމަށެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިޓީގައި ހުރި 171 އެނދު މިހާރު ފުރިފައިވާ ކަމަށާއި، ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީވެސް ފުލްވެފައިވާ ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި އިމަޖެންސީ އެނދުތައްވެސް ފުރިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެހެންކަމުން ހުޅުމާލޭ ހޮސްޕިޓަލްގައި އިތުރު 50 އެނދު ތައްޔާރު ކުރުމުގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީވެސް އަލުން އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ރޭ ވިދާޅުވިއެވެ.

Fam House building will be given to HPA to be used as a COVID-19 facility.
— Bassam Adeel Jaleel (@bassam_jaleeI) May 6, 2021
VP @FaisalNasym , ministers @KerafaNaseem and @AhmedMahloof along with @HPA_MV team visited the building for inspection.
The football family is honored to be of help in times of need 🙏🏽#staysafe pic.twitter.com/qLzUn3mUny
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިޓީގައި ހުރި 171 އެނދު މިހާރު ފުރިފައިވާ ކަމަށާއި، ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީވެސް ފުލްވެފައިވާ ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި އިމަޖެންސީ އެނދުތައްވެސް ފުރިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެހެންކަމުން ހުޅުމާލޭ ހޮސްޕިޓަލްގައި އިތުރު 50 އެނދު ތައްޔާރު ކުރުމުގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީވެސް އަލުން އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ރޭ ވިދާޅުވިއެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު