ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ރަސްދޫ ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިންޑިއާ މީހަކު މިއަދު ނިޔާވެއްޖެއެވެ.

ރަސްދޫ އިން މިނޫހަށް މަޢުލޫމާތު ދިން ފަރާތުން ބުނީ އެރަށުން މިއަދު ނިޔާވީ ގެސްޓްހައުސް އެއްގައި ހުރި 60 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި، ކޮވިޑަށް ޕޮޒިޓިވް ވެގެން އެމީހާ އައިސޮލޭޝަންގައި ހުރީ އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔަ ގެސްޓްހައުސްގައި ކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 77 ވަނަ މީހާ އެވެ. އަނެއްކޮޅުން މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 3 ވަނަ މީހާއެވެ.

ރޭގެ ވަގުތެއްގައިވެސް ވަނީ ކޯވިޑް ޖެހިގެން ދިވެހި އަންހެނެއް ނިޔާވެފައެވެ. އަދި މިއަދު ނައިފަރުންވެސް ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ރާއްޖެއިން އިއްޔެ އެކަނިވެސް 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގުރޭޓާ މާލެ ސަރަހައްދުންނެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.



ކިޔުންތެރިންގެ ހިޔާލު