އިންޑޮނޭޝިޔާގައި ކޮވިޑް ޓެސްޓަށް ސާމްޕަލް ނަގާ ކިޓުތައް ދެފަހަރަށް ބޭނުން ކުރާ މައްސަލަ ހޫނުވެ ތަހުގީގު ކުރަން ފަށައިފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޓެސްޓުކުރުމަށް ސާމްޕަލް ނަގަން ގެންގުޅޭ ކިޓަކީ އެއްފަހަރު ބޭނުންކުރާ އެއްޗެކެވެ. ހާއްސަގޮތެއްގައި އެންމެ އާންމުކޮށް ބޭނުން ކުރަމުންދާ ނޭފަތާ އަނގަތެރެއިން ސާމްޕަލް ނަގާ ކިޓް ދެވަނަ ފަހަރަށް ބޭނުން ކުރުމަކީވެސް ރައްކާތެރިކަމެއް ނޫންކަމަށް ސިއްޙީ މާހިރުން ވަނީ ކަނޑަ އަޅާފައެވެ.

ނަމަވެސް އިންޑޮނޭޝިޔާގެ އެއަރޕޯޓު ސަރަހައްދުގައި އެގައުމަށް އެތެރެވާ ފަސިންޖަރުން ޓެސްޓު ކުރުމަށް ބޭނުން ކުރެވޭ ކިޓްތައް ދެވަނަ ފަހަރަށް ބޭނުން ކުރަމުންދާ މައްސަލައިގައި ކޮވިޑް ޓެސްޓު ކުރުމުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިންގެ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އިންޑޮނޭޝިއާގެ ފުލުހުން ބުނާގޮތުގައި 9000 އަށްވުރެ ގިނަ ފަސިންޖަރުންގެ ކޮވިޑް ޓެސްޓު ސާމްޕަލް ނެގުމުގައި ކުރިން ބޭނުންކުރި ކިޓް ދެވަނަ ފަހަރަށް ވަނީ ބޭނުންކޮށްފައެވެ. އަދި ސާމްޕަލް ނަގާ އެފަދަ ކިޓްތައް އަލުން ބޭނުންކުރަނީ އެއްފަހަރު ސާމްޕަލް ނެގުމަށްފަހު އެކިޓްތައް ދޮވެ ސާފުކޮށްފައިކަމަށްވެއެވެ. މިފަދަ ކަންކަމުން އެތައްބަޔަކު ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށް ސިއްޙީމާހިރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން