އިންޑިއާގެ ރައްޔިތަކު އޭނާގެ އޮޓޯ ރިކްޝާ ނުވަތަ ތިންފުރޮޅުލީ ޓެކްސީ، އެމްބިއުލާންސަކަށް ބަދަލުކޮށް، ކޮވިޑް ޖެހިފައިވާ ފަގީރުންނަށް ހިލޭ އެހީ ފޯރުކޮށްދޭން ފަށައިފިއެވެ.

އުމުރުން 34 އަހަރުގެ މުހައްމަދު ޖާވިދު ޚާން ބުނީ އޭނާގެ ރިކްޝާ އެމްބިއުލާންސަކަށް ބަދަލު ކުރީ، ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލް ތަކަށް ދާ ފަގީރުން އުޅޭ ހާލު ފެނިފައެވެ. އޭނާ ބުނާގޮތުންނަމަ، މާލީ ހާލަތު ހުރި ގޮތުން ގިނަ މީހުންނަކަށް އެމްބިއުލަންސް އަދި ޓެކްސީއެއް ހޯދޭނެ ފެންވަރު ނެތުމުން، ބަލިމަންމަ ނޫނީ ބައްޕަ ކޮނޑަށްލައިގެން ހޮސްޕިޓަލްތަކަށް ސިއްހީ އެހީތެރިކަން ހޯދަން ދާމަންޒަރަކީ ހިތްފަޅައިގެން ދާވަރުގެ ހިތްދަތި މަންޒަރެވެ.

މިގޮތުން މިފަދަ މީހުންނަށް އެހީތެރިވުމަށް އަންހެނުންގެ ގަހަނާކޮޅު ވިއްކާލުމަށްފަހު، ރިކްޝާއަށް އޮކްސިޖަން ސިލިންޑަރަކާއި، ލޭގައި އޮކްސިޖަން ހުރި މިންވަރު ދައްކުވައިދޭ އޮކްސިމީޓަަރަކާއެކު އިތުރަށް އެހީތެރިވެވޭނެ ތަކެތި ހޯދައި، މުހައްމަދުގެ ރިކްޝާ ވަނީ މިހާރު ކުޑަވަރެއްގެ އެމްބިއުލަންސަކަށް ބަދަލުކޮށްފައެވެ. އޭނާގެ ރިކްޝާއިން އޮކްސިޖަން ދެވޭނެ ނިޒާމު ހަމަޖެއްސީ ހާލުބޮޑުވެފައިވާ ފަރާތްތަކަށް ހޮސްޕިޓަލާ ހަމައަށް ދެވެންދެންވެސް އޮކްސިޖަން ފޯރުކޮށްދީ އެހީތެރިވުމަށް ކަމަށް މުހައްމަދު ބުނެފައިވެއެވެ.

"އެމްބިއުލަންސް ދަތުރަކަށް 5000 - 10000 ރުޕީސް ނަގަމުންދާއިރު، މާލީ ތަނަވަސްކަން ނެތް މީހަކު ކިހިނެއް އެމްބިއުލަންސްގެ އެހީތެރިކަން ހޯދާނީ؟ ހާއްސަކޮށް މިބަލިމަޑުކަމާއެކު ގިނަ ބަޔަކު ތިބީ ވަޒީފާ ގެއްލިފަ." މުހައްމަދު ބުނެފައިވެއެވެ.

މުހައްމަދު ޚާންގެ މިމަސައްކަތަށް އެކި މީހުން އެހީ ފޯރުކޮށްދެމުންދާއިރު، ބަލިމީހުންނަށް އޮކްސިޖަން ގުޅުމާއި، ހޮސްޕިޓަލާއި ހަމައަށް ދެވެންދެންވެސް އެހީތެރިވުމަށް ކޮށްދެވޭނެކަންތައް އޭނާ ވަނީ ޑޮކްޓަރެއްގެ ގާތުން ދަސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން