ގެސްޓް ހައުސް ތަރައްޤީކުރަން ހޯރަފުށިން ހަ ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ.

ހޯރަފުށީގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް މީގެކުރިންވެސް ވަނީ އެރަށު ކައުންސިލުން މިއަހަރުގެ ކުރީކޮޅު 7 ބިމެއްގައި ގެސްޓްހައުސް ތަރައްޤީކުރަން ބީލަމަށް ހުޅުވާލާފައެވެ.

ހޯރަފުށީ ކައުންސިލުން ބުނީ އޭރު ބީލަމަށް ލީ ބިންތަކުގެތެރެއިން އަލުން 6 ބިމެއް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. މިބީލަމަށް ބިޑް ހުށަހަޅަން ޖެހެނީ މެއި މަހުގެ 27ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު ބިޑް ހުޅުވުންވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިވައެވެ.

ހޯރަފުށީގައި ގެސްޓުހައުސް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ސައިޒުގެ ބިންތަކެވެ. ބިންތައް ދޫކުރުމަށް ހަމަޖެއްސީވެސް ގެސްޓުހައުސް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށްވެސް އެރަށު ކައުންސިލުން މީގެކުރިންވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެއަރޕޯޓެއް ހުޅުވި ހޯރަފުށީގައި މިހާރުވެސް ހަތަރު ގެސްޓުހައުސްއެއް ވަނީ ހުޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން