ހުއްދަނެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ދެ ބިދޭސީއަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަފްޖަލް ހޮސައިން، 31، އާއި ހަބީބުރު ރަހްމާން، 34، އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުގައި މި މީހުންގެ ވިޔަފާރިއާ ބެހޭ ގޮތުން ފުލުހުންގެ ތަފްސީލީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވެއެވެ. އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށާއި މިކަމުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންވެ ކްރިމިނަލް ކޯޓުން ވަނީ މި ދެ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ވަނީ ލައިސަންސް ނުނަގައި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު