ރައީސް ޑރ. މުޢިއްޒު ހެންވޭރު ރައްޔިތުންނާއެކީ ބޭއްވި ބައްދަލުވުމުގައި ޢާއްމު ފަރާތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. ޢާއިޝާ ޝުޖޫންއަށް ފުރައްސާރަ ކުރުން އެޗްއާރުސީއެމުން ހަރުކަށިކޮށް ކުށްވެރިކޮށްފިއެވެ.
މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާއެކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ އަންހެން ފަނޑިޔާރަށް ފުރައްސާކުރީ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފްގެ ބައްޕާފުޅު، އަބްދުއްލަތީފެވެ.
އެރޭގެ ޖަލްސާގައި އަބްދުއް ލަތީފް ވަނީ، ސުޕްރީމް ކޯޓުގައި ބުރުގާ ތުރުނުކުރަށްވާ އަންހެން ފަނޑިޔާރެއް އިންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އައުރަ ނިވާ ނުކުރެވޭ ބޭފުޅުން މަސާޖު ޕާލާފަދަ އެހެން މަސައްކަތަކަށް ދިއުން ރަނގަޅުވާނެ ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.
"އެބޭފުޅާ ނިވާވެގެން އުޅެންވީ، އެހެންޏާ އެހެންތަނަކަށް ދާންވީ، ނޫނީ މަސާޖްޕާލާއަށް ދާންވީ. އެތަންތަނުން ވަޒީފާ އޮންނާނެ އެބޭފުޅުންނަށް. ގިނަލާރި ހޯދަން ނޫންތޯ އެވަޑައިގަންނަވަނީ އެތަންތަނަށް." އެރޭގެ ޖަލްސާގައި އަބްދުއް ލަތީފް ވިދާޅުވިއެވެ.
އެކަމާގުޅިގެން އެޗްއާރްސީއެމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ 2025 ޑިސެންބަރު 07 ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި، އާންމު މީހަކު ފާޅުކުރި ޚިޔާލެއްގައި، އަންހެނުންގެ ކަރާމާތާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ ވާހަކަތައް ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.
އަދި ކޮންމެ އިންސާނެއްގެވެސް ނަމާއި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށާއި، ޤާނޫނުއަސާސީގެ އިތުރުން، އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކުންވެސް އެ ޙައްޤު ކަށަވަރުކޮށްދޭ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވެއެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫނެވެ. މިގޮތުން އިޙްތިރާމާއެކު ޚިޔާލު ފާޅުކުރުމަށާއި، އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެމަތިން ވާހަކަދެއްކުމަށް ކޮމިޝަނުން ގޮވާލަމެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނޭ ކަމެކެވެ. ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ ފުރައްސާރައާއި ތަފާތުކުރުންތަކުން އެއްކިބާވެތިބެ، ބިނާކުރަނިވި ގޮތެއްގައި ޚިޔާލުފާޅު ކުރުމަށް ކޮމިޝަނުން ގޮވާލަމެވެ." ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމުން ބުނީ، އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ ސީޑޯ މުޢާހަދާގައި ދިވެހިރާއްޖެ ބައިވެރިވެފައިވީ ހިނދު، މިފަދަ ޢަމަލުތަކަކީ އެ މުޢާހަދާއާ ވެސް ޚިލާފު ކަމެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ފަދަ ޢިލްމީ ޤާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް، ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ، އަންހެނުންގެ ކުރިއެރުމަށާއި ޙައްޤުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެކެވެ. އަދި މިފަދަ ފުރައްސާރައިގެ ސަބަބުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތަކުގައި ބިރުވެރިކަން އުފެދޭނެއެވެ." އެޗްއާރުސީއެމުން ބުނެފައިވެއެވެ.
އެހެންކަމުން، މިފަދަ އާންމު މަންސަތަކުގައި، އިންސާނީ ކަރާމާތާއި އަނެކުންގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް، އެޗްއާރުސީއެމުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު