ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް އިނާޔަތް ނުދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަލަނީ މުޅިންވެސް އިސްރާފުކުރެވޭތޯ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ބޭރުގައުމުތަކަށް ތައުލީމް ހާސިލް ކުރަން ގޮސް ތިބި އެތައް ދަރިވަރުންތަކަކަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ދޭން ޖެހޭ ސްޓޫޑެންޓް ލޯނު ފައިސާ ނުލިބުމުގެ ސަބަބުން އެކުދިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ބޭރު ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ލިބެންޖެހޭ މާލީ އިނާޔަތް ނުލިބޭކަމަށެވެ.





އަދި ދަރިވަރުން ބޮޑެތި ދަތިތަކާއި ކުރިމަތި ލަމުންދާއިރު މުއިއްޒު ސަރުކާރުން ބަލަނީ މުޅިންވެސް އިސްރާފުކުރެވޭތޯކަމަށް މަލީހު ވިދާޅުވިއެވެ. މީގެ އިތުރުން، މިސަރުކާރު ނުހިނގާކަމަށާއި، މިސަރުކާރަކީ ހަމަ އެކަނި ނޯޓު ނަގާ ސަރުކާރެއް ކަަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު