ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ސަސްޕެންޑްކޮށްފައި ތިބި ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު މަގާމުން ވަކިކުރައްވައިފިއެވެ.

ނިޝާމާއާއި ޝިޔާމާ މިއަދު މަގާމުން ވަކިކޮށްފައިވާއިރު ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ސަރުކާރަށް ވަނީ ލަފާދީފައެވެ.

ނިޝާމާ އަކީ ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރި ބިޑް ކޮމިޓީގެ ޗެއާ އެވެ. ހެލްތް މިނިސްޓްރީގެ އިތުރު ވެރިން ވެސް ހިމެނޭ ގޮތަށް، އެ ދެ ބޭފުޅުން މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ތިބީ ސަސްޕެންޝަންގައެވެ. މިއަދާ ހަމައަށް ވެސް ނިޝާމާއާއި ޝިޔާމާ ތިއްބެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަންގައި ކަން ފާހަަގަޮށްލެވެއެެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ. މީގެތެރޭގައި 20،500 ރުފިޔާގެ މުސާރަ އަދި 15،000 ރ. ގެ އެލަވަންސެއް ހިމެނެއެވެ.



ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ އަނބުރާ ހޯދަށް އާބިޓްރޭޝަނަށް ދާން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މިއަދު އެ އެއްބަސްވުން ބާތިލްކުރަން ސަރުކާރުން ނޯޓިސް ފޮނުވައިފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން