މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އެދައުވާތަކުގައި އޭނާއަށް ކުރަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ. މިދައުވާތައް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު އެތައް މިލިއަން ރުފިޔާއަކުން އޭނާ ޖޫރިމަނާކުރުން ގާތެވެ.
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓާއި އޭނާގެ އެކުވެރިންތަކެއް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހުއެވެ. އެމައްސަލައިގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދިއެވެ.
ޕެސްޓުގެ އިތުރުން މިމައްސަަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ލ. ގަން/ ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދާއި، ލ. ގަން/ ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމާއި، ލ. ގަން/ ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫނާއި މ. އަސަރީހަދާން، އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު