ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 90 އިންސައްތަ މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޯޒު ޖަހާފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިމޭރުމުން ވިދާޅުވެފައިވަނީ، ސީއެންބީސީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ ވެކްސިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މިހާތަނަށް ޓޫރިޒަމް ދާއިރާގެ 90 އިންސައްތަ މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި، ދެ ވަނަ ޑޯޒު ޖެހުން އަންނަ ހަފުތާއިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކިލަނބު އޮބި، އަލަށް އިންތިޚާބުވި މޭޔަރުން އަދި ކައުންސިލު ރައީސުންނާއި މެންބަރުން ހުވާކޮށް ކައުންސިލުތައް އަލުން ރުކުރުވާލާ ދުވަސް ވާނީ ރަށްރަށާއި ސިޓީތަކުގެ ފަތުރުވެރިކަން، ފަތުއަޑުކިޔާފައި ކުރިއަރުވަން ޖޯޝާއި ފޯރީގައި އަލުން ފަށާދުވަހަށް ކަމަށެވެ. އެގޮތުން މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނިސްބަތުން އެންމެ ގިނަ އިންވެސްޓްމަންޓްސް އަންނަ އަހަރަށް ވާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 32،000 އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެެވެ. ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު