ރާއްޖޭގެ ސިޔާސީ ތަބީއަތް މިސްރާބު ޖަހާފައި ހުރީ އޭގެމަންޒިލަށް ކަމަށާއި އެއީ ރަށްވެހި ފަތިހަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެންމެ ފުރަތަމަ ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ ވެސް ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރަމުން އަންނަ ޕާޓީއެއް ކަމަށާއި އަދި ކޮންމެ އިންތިޚާބެއްގައި ވެސް އޭގެކުރީ އިންތިޚާބަށްވުރެ ބޮޑު ކާމިޔާބީއެއް އެމްޑީޕީން ހޯދަމުން އަންނަ ކަމަށެވެ.



އެހެންނަމަވެސް ކައުންސިލް އިންތިޚާބުތަކުގައި ޕީޕީއެމުން ހޯދަމުންދާ ކާމިޔާބީވެސް ދިޔައީ ފުޅާ ވަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ވަނީ މީގެ ކުރިން އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ ދަމަހައްޓަމުންއައި ބައެއް ސަރަހައްދުތައް ހޯދައިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ގޮތުން މާލެ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކޮށްފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެެވެ.

އެހެންނަމަވެސް ކުރީގެ އިންތިޚާބުތަކުގެ ނަތީޖާއާއި މިއިންތިޚާބުގެ ނަތީޖާއާ މާބޮޑު ތަފާތެއް އައި ކަމަކަށް ފެނިވަޑައި ނުގަންނަވާކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ސިޔާސީ ޠަބީއަތް ހުރި ގޮތަށް މިސްރާބު ޖަހާފައި ހުރީ އޭގެ މަންޒިލަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ ތަބީއަތް މިސްރާބު ޖަހާފައިވަނީ ރަށްވެހި ފަތިހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިންތިޚާބުގައި މާ ބޮޑު ތަފާތެއް އައި ކަމަކަށް ނުދެކެން. ރާއްޖޭގެ ސިޔާސީ ތަބީއަތުގައި މިސްރާބު ޖަހާފައި އެބަ ހުރި އޭގެ މަންޒިލަށް. އެއީ ލަފާ ކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް." މަޖިލިސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން