މެލޭޝިއާ (ރަސް ފޮޓޯ)
މެލޭޝިއާ (ރަސް ފޮޓޯ)
ވިސާ ހަމަވެފައިވާ ފަރާތްތަކުން 21 އެޕްރީލްގެ ފަހުން މެލޭޝިއާގައި އުޅޭނަމަ ސަމާލުވުމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިލްތިމާސް ކޮށްފިއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނެފައިވަނީ، ސޯޝަލް ވިޒިޓް ޕާސްގައި މެލޭޝިއާގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން، މިވަގުތު ވިސާ ހަމަވެފައިވާ ފަރާތްތަކުން ސްޕެޝަލް ޕާސްއަކާ ނުލައި މެލޭޝިއާގައި 21 އޭޕްރީލް 2021 ފަހުން ތިބޭނަމަ އެކި އަދަބުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މެލޭޝިއާގެ އިމިގުރޭޝަން ޑިޕާޓްމެންޓުން އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ދިވެހި ހައިކޮމިޝަނުން ވަނީ އެދިފައެވެ.



މެލޭޝިއާގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ އެމްބަސީން މިފަދަ ނޯޓެއް ނެރެފައިވާއިރު، ސޯޝަލް ވިޒިޓް ޕާސްގެ ބޭނުން ނަހަމަގޮތުގައި ހިފާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް މެލޭޝިއާގެ އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން