އިންތިހާބާބެހޭ މައިމަރުކަޒު. (ފޮޓޯ: ޝާޙް، ރަސް އޮންލައިން)
އިންތިހާބާބެހޭ މައިމަރުކަޒު. (ފޮޓޯ: ޝާޙް، ރަސް އޮންލައިން)
އިންތިހާބާބެހޭ މައިމަރުކަޒުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިންތިހާބާބެހޭ މައިމަރުކަޒު ހުންނަ ބާ ޖަމާލުއްދީން އިމާރާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިގެން މިއުޅެނީ ބައެއް ވޯޓް ފޮށިތައް އަލުން ގުނަން ތައްޔާރުވެފައި ވަނިކޮށެވެ.

ހަމަނުޖެހުންތައް އެތަނުގައި ހިނގިއިރު، ރައީސް ނަޝީދުގެ އިތުރުން، ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، މޭޔަރުކަމަށް އިންތިހާބުވި ޑރ. މުއިއްާއި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންވެސް އެބަތިއްބެވެ.



މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުން އެތަނަށް އެއްވި އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ނަޝީދަށް ހަމަލާދީފައެވެ.

އިދިކޮޅު ފަރާތްތަކުން އެސަރަހައްދަށް އެއްވެފައިވަނީ އަލުން ގުނަން އުޅޭ ވޯޓް ފޮށިތަކުގެ ނަތީޖާ އޮޅުވާލާން އުޅޭކަމަށް ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބައެއް ވޯޓް ފޮށިތައް އަލުން ގުނަން ނިންމީ އެމްޑީޕީން އެކަމަށް އެދި ހުށަހެޅުމުންނެވެ.



އިންތިހާބާބެހޭ މައިމަރުކަޒު ހުންނަ ބާ ޖަމާލުއްދީން ސްކޫލު ތެރޭގައި ތިބި މީހުން ވަނީ މިހާރު އެތަނުން ނެރެފައެވެ.

އިތުރު ތަފްސީލް އަންނަނީ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން