ގުޅިފަޅަކީ މީހުން ދިރިއުޅޭ ރަށަކަށް ހަދަން ކުރިން ނުނިންމީ ތިލަފުށިން އަރާ ދުމާހެދި ގުޅިފަޅަކީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވާތީ ކަމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަދައްކަވަމުން މާލޭގެ އިންތިޚާބީ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ، ކުރީގެ ސަރުކާރުން މާކުރިން ގެންގުޅުނު ސިޔާސަތަކާ ހެދި ގުޅިފަޅު ގެދޮރުވެރި މަންޒިލަކަށް ހެދުމަށް ބަހަނާއަކަށް ނަހަދައި ގުޅިފަޅަކީ މީހުން ދިރިއުޅޭ ރަށަކަށް ހާއްސަކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ގުޅިފަޅަކީ މީހުން ދިރިއުޅޭ ރަށަކަށް ހަދަން ކުރިން ނުނިންމީ ތިލަފުށިން އަރާ ދުމާހެދި ގުޅިފަޅަކީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވާތީކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

"އޭޑީބީގެ ގްރާންޓް އެއިޑެއް މިނިސްޓްރީއަށް އޮތީ ހަމަޖެހިފަ. އެ ގްރާންޓްގެ ދަށުން ކުނި ނާންދާ ކުނި ނައްތާލެވޭނެގޮތް އޮތީ ހަދަން މަގުފަހިކުރެވިފަ. ދެން އެހެންވީމާ ޖެހިގެން މިއޮތް ގުޅިފަޅުގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އެތަން ހިއްކާފަ ގެދޮރު ހެދުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތް. ކުރިން އޮތީ މިދެންނެވި މައްސަލަ. ދެން އެކަމަށް ހައްލެއް ލިބޭގޮތް ވީމަ ގުޅިފަޅު ހިއްކަން ނޫންތޯ ޖެހޭނީ. އެއީ ނޫންތޯ ރަނގަޅުގޮތަކީ. ދެން އެހެންވީމާ ކުރީގެ ވާހަަކަތައް ނެގުމުގެ ބޭނުމެއް ނެތެއްނޫންތޯ." ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ފުރަތަމަ ގެންގުޅުނު ސިޔާސަތުތަކާއި އަދި އެ ސިޔާސަތުތަަކަށް ބަދަލު ގެންނަން ޖެހުނު ސަބަބުތައް ހާމަކޮށްދެއްވަމުން މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގުޅިފަޅު ހިއްކަން އެކަށީގެންވާ ވަރަށްވުރެ ބޮޑު ހަރަދެއް ކުރަމުންދާ ކަމަށެވެ. ގުޅި ފަޅު އެއްކޮށް ހިއްކައި އެތަން ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ގޮވާލާ ގޮވާލުން މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ.

ގުޅީފަޅުން ގޯތި ދޫކުރުމާއި ގުޅޭގޮތުން މާލޭގެ އިންތިޚާބީ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ދައްކަވާ ވާހަކަ ސަރުކާރުން އިތުރަށް ދެނެގަންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން މަސައްކަތް ކުރަނީ، ގުޅީފަޅުގައި ސިނާއީ މަސައްކަތަކާއެކު، އޭގެ އިތުރުންވެސް އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން