މި ރޯދަމަހު ރޯދަ ހިއްޕަވައި ގުރުއާން ކިޔަވާ ވިދާޅުވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު، ކެރޮން ރޮސްލާ ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ރޯދަމަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި އިނގިރޭސި ވިލާތުގެ ސަފީރު، ކެރޮން ރޮސްލާ ވިދާޅުވީ މުސްލިމުންނާއެކު އޭނާވެސް މި ރޯދަމަހު، ރޯދަ ހިއްޕަވައި ކީރިތި ގުރުއާން ވިދާޅުވާނެ ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަމަހާ ދިމާވީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ދުވަސްވަރާ ކަމަށް ވާތީ، އެ ދަތިތަކާ ހުރެ އެ ފަހަރު ރޯދައަށް ނުހުންނެވުނީ ކަމަށް ސަފީރު ވިދާޅުވި އެވެ.

"މިދިޔަ އަހަރު ލޮކްޑައުންގެ ސަބަބުން އުނދަގޫވި. އެކަމަކު މާތްﷲގެ ރަހުމަތްފުޅާއެކު މި އަހަރު ރޯދަ ހިފާނަން،" ސަފީރު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.



ޕޯސްޓާއެކު އެތައް ބަޔަކު ވަނީ ސަފީރަށް ތަފާތު އެކި އިރުޝާދުތަށް ދީފައެވެ. އެގޮތުން ހާރަށް ރިހާކުރު ކާ ނަމަ، ގިނައިން ފެން ބުއިމަށާއި ގުރުއާން ވިދާޅުވާއިރު ތަރުޖަމާ ބެއްލެވުމަށް ވެސް ސަފީރުގެ އަރިހުން އެދިފައިވެއެވެ. އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމާ، ކެރޮން ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގަ އެވެ. އޭނާއަކީ ރާއްޖޭގައި ގާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން