ރޯދަމަހުގެ ހަވީރުގެ ވަގުތުތަކުގައި މާލޭގައި މުދާ އުފުލުން މަނާކުރި ގަޑިތަކަށް ލުޔެއް ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މީގެކުރިން ނިންމާފައި އޮތްގޮތުން ރޯދަމަހު މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00އާ ދެމެދު އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން މުދާ އުފުލުމަކީ މަނާކަމެކެވެ. ނަމަވެސް އެކަމަށް ލުޔެއް ދިނުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ވިޔަފާރި އުޞޫލުން މުދާ އުފުލުން މަނާ ގަޑި ހަވީރު 4.00އިން ފެށިގެން ރޭގަނޑު 8.00އަށް މިހާރު ބަދަލުކޮށްފައި ވާކަމަށެވެ.

އަލަށް އެކުލަވާލި އުސޫލު އޮތްގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ އުޅަނދެއްގައި އުފުލޭނެެއެވެ. އަދި ޝައްވާލްމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އަމަލުކުރަން ޖެހޭނީ މި އުސޫލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން