ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް ކަނޑައަޅައިިފިއެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ކަދުރު ފޯރުކޮށްދޭއިރު، މި އަހަރު ދީފައި ވަނީ 25 ޓަނުގެ ކަދުރު ނުވަތަ 12،500 ކަދުރު ޕެކެޓެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ 10944 މީހުންނަށް، ކޮންމެ މީހަކަަށް ޕެކެޓެއްގެ މަގުން ކަދުރު ބަހާނެކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ތިބި ކުދިންނާއި ގުރަައިދޫ މަރުކަޒުގައި ތިބި މީހުންނާއި ޖަލުގައި ތިބި މީހުނަށްވެސް ކަދުރު ބެހުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަގީރުންނަށް ކަދުުރު ބަހާނީ އިސްލާމީ މަރުކަޒުގައިކަމަށެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ކަދުރު ބެހުން ކުރިއަށްދާނީ އެ ރަށެއް ނުވަތަ ސިޓީ ކައުންސިލުގެ އިދާރާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު