ތ. ވިލުފުށި
ތ. ވިލުފުށި
ތ. ވިލުފުށިން ކަރަންޓީނުގައި ނެތް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ވިލުފުށީ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

ވިލުފުށިން ޕޮޒިޓިވް ވެފައިވަނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ސާމްޕަލް ނެތި މީހެކެވެ.

ވިލުފުށީ ސިއްޙީ މަރުކަޒުން މިހާރު ގެންދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޯވިޑް-19 އަށް ސާމްޕަލް ނަގަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެގޮތުން އެންމެ ބާރަށް ކޯވިޑް-19 ފެތުރެމުންދަނީ ޅ އަތޮޅާއި ކ އަތޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން