ލާންސްކޯޕްރަލް ހުސައިން ފާރިޝް
ލާންސްކޯޕްރަލް ހުސައިން ފާރިޝް
މޫދަށް އެރިއުޅެނިކޮށް އޮޔާގޮސް، ގެއްލިގެން ހޯދަމުން ދިޔަ ސިފައިންގެ މީހާ މޫދުއަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ލާންސްކޯޕްރަލް ހުސައިން ފާރިޝްގެ ހަށިގަނޑު ކޯސްޓް ގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ މޫދު އަޑިން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ގެއްލުނު ހުސައިން ފާރިޝްގެ ހަށިގަނޑު މޫދުއަޑިން ފެނިފައިވަނީ މިރޭ 8:50 ހާއިރު ކަމަށެވެ.



މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ އިރުއޮއްސި 5:40 ގައި ކަމަށް އެފަރަތުން މައުލޫމާތު ދީފައިވެއެވެ.



މޫދަށް އެރުނު ހަތަރު މީހުންގެ ތެރެއިން އެކަކު ގެނބިގެން ފަރުވާދެމުން ގެންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ ގެނބިފައިވަނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި ގެނބެމުންދާތީ އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. އަދި އޭނާގެ ޙާލު އަންނަނީ ރަނގަޅު ވަމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެ ހަތަރު ސިފައިންގެ މީހުން މޫދަށް ދިޔައީ އެމީހުންގެ އޮފް ގަޑީގައި ސްނޯކްލިންއަށް، މަސްހިފަން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން