ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިންގެ ޙާލަތަށް ގެނައި ކުޅުދުއްފުށިސިޓީ އާއްމު ޙާލަތަށް ބަދަލުކޮށްފިއެވެ.

މިއަދު ހަވީރު 17:52 ގައި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ބަލަން ކަނޑައެޅުނު ކަންކަން ބަލައި ނިމުމުން ދެން އިތުރަށް މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުންނެވެ. އެއީ މިހާތަނަށް އެރަށުން ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވްވުމުންނެވެ.

ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލު ކުރި މީހަކާއި އޭނާގެ 2 އެހީތެރިން ކޮވިޑަށް ޕޮޒިޓީވްވެ އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން