ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް (ވ) އާއި ރައީސް ޞާލިޙް (ކ)
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް (ވ) އާއި ރައީސް ޞާލިޙް (ކ)
ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދުގައި ދީނީގޮތުން ކަންބޮޑުވާންޖެހޭ ކަމެއްނެތް ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގެޒެޓުކޮށްފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ޝަރުތުތަކާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަންނާނެ ހާލަތުތަކާއި ދިވެހި ރައްޔިތުކަން އަނބުރާ އިއާދަވާނެ ހާލަތުތައް ބަޔާންކޮށްފައިވެ އެވެ.

އެ ޤަވާއިދާ ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ، ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދު އެމަނިކުފާނު ބައްލަވާލައްވައިފި ކަމަށާއި، އެޤަވާޢިދުގައި ދީނީގޮތުން ކަންބޮޑުވާންޖެހޭ ކަމެއް އޮތްކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.



ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ފޮރިން މިނިސްޓަރަށް ލިބިގެންވެ އެވެ. އެގޮތުން ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހާ ރާއްޖޭގައި ދިރިއުޅޭ ހާލަތުގައާއި ރާއްޖެ ހަނގުރާމައިގެ ހާލަތެއްގައި ވުމާއި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮތުމާއި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހުށަހަޅާފައި ނުވާ ހާލަތުގައި އެ ހުށަހެޅުން ބަލައިނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެ އެވެ.

އަދި ދިވެހި ރައްޔިތުކަން ދޫކޮށްލައިފިނަމަ، ދިވެހި ރައްޔިތަކަށް ވީތީ ލިބިދޭ އެންމެހައި ހައްގުތަކާއި އިމްތިޔާޒުތަކާއި އިނާޔަތްތަކެއް އެ މީހަކަށް ގެއްލިގެންދާނެ އެވެ. އެގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ އެއްވެސް ލިޔުމެއް ގެންގުޅުމުގެ ހައްގާއި، ދިވެހި ޕާސްޕޯޓުގައި ދަތުރުފަތުރު ކުރުމުގެ ހައްގާއި، އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ރާއްޖެއަށް އެތެރެވުމުގެ ހައްގާއި، ރާއްޖޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގާއި އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ހައްގާއި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބިމެއް މިލްކުވެފައިވާނަމަ، އެ ބިމުގެ މިލްކުވެރިކަމުގެ ހައްގާއި، ރާއްޖޭގެ ސަރަހައްދުން އޭނާއަށް މިލްކުވެރިކަން ލިބެން އޮތް ބިމަކާ ގުޅޭގޮތުން އޭނާއަށް ލިބިފައިވާ ހައްގުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދޭ އެނޫންވެސް ހައްގުތަކާއި އިމްތިޔާޒްތަކާއި އިނާޔަތްތައް ލިބުމުގެ ހައްގު ގެއްލިގެންދާނެ އެވެ.

ނަމަވެސް ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ކުރިން އޭނާ އުފުލާންޖެހިފައިވާ މަދަނީ އިލްތިޒާމުތަކާއި ޖިނާއީ އިލްތިޒާމުތައް، އަދާކުރުމަކުން އޭނާ ބަރީއައެއް ނުވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން