ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ތެރެއިން
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ތެރެއިން
ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ 8800 މުވައްޒަފަކަށް ވެކްސިން ދީފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ކަމަށް ވުމާއެކު ވީހާވެސް އަވަހަކަށް އެ މީހުންނަށް ވެކްސިން ލިބޭނެ އިންތިޒާމްތައް ރިސޯޓުތަކުގައި ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވަނީ ގޮވައިލައްވައިފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިރޭ ބުނެފައިވަނީ، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި ޙަރަކާތްތެރިވާ 8800 މުވައްޒަފަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އަދި އެއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ 30 އިންސައްތަ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ އަމާޒަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިންދޭ ފުރަތަމަ ޤައުމަށް ވުން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.



ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އަދި ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި މިވެކްސިންޖެހުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 137،124 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން