ދ.މީދޫ
ދ.މީދޫ
ދ. މީދޫގެ 3 ކައުންސިލަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން މީދޫ 3 ކައުންސިލަރުން 3 މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވަނީ މުސާރަ ނުލިބޭގޮތަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މި ކައުންސިލަރުން ސަސްޕެންޑްކުރީ އެލްޖީއޭއަށް ހުށައެޅި ޝަކުވާތަކެއް ބެލުމަށްފަހުކަމަށް އެއޮތޯރިޓީން ބުނެއެވެ.

މީދޫ ކައުންސިލުން ސަސްޕެންޑްކޮށްފައިވަނީ އެ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް އާއި ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން މެންބަރު މުހައްމަދު ތައުފީގެވެ. އެ ކައުންސިލަރުން ސަސްޕެންޑް ކުރުމާއި ގުޅިގެން މިހާރު ކައުންސިލް އިދާރާގެ ހިންގުން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާ ކަމަށްވެސް މައުލޫމާތު ލިބިއެވެ.

މީދޫ ކައުންސިލަރުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބެހެއްޓުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން