ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޙާމިދު އަބްދުލް ޣަފޫރު ހިމެނޭ ގޮތުން ޕޮލިސް ބޯޑަށް ފަސް ބޭފުޅުން ކުރިމަތިލައިފިއެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާފައިވަނީ، ލަބީގް މުހައްމަދު މާހިދު. މ. މަނަދޫ ވިއު، ޒުބައިރު އަހުމަދު މަނިކު. ގ.މަލްވިނަ، ޒީނަތު އަލީ . ދަފްތަރު. 2616، އަލީ މުހައްމަދު މަނިކު. ދަފްތަރު.1851 އަދި ހާމިދު އަބްދުލް ޣަފޫރު. ހ. ޝޭޑީ ކޯނަރު އެވެ.

މީގެ ތެރެއިން އާންމުންގެ ތެރެއިން އެ ބޯޑަށް އައްޔަން ކުރާ ދެ މެމްބަރުން ހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުުންގެ ނަންތައ އިއުލާނު ކުރެއްވުމުން އެ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވާފައި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން