ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމުން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކުރުމަށްފަހު، 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ނަމަވެސް، އެ އޮފީހުން ދައުވާ ކޮށްފައިވަނީ 10 މީހެއްގެ މައްޗަށެވެ. އެ 10 މީހުންނަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުން މިހާރު ވަނީ އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.
މި ބޮޑު ވައްކަން ރާވައި ހިންގި ކަމަށް ފުލުހުން ތުހުމަތުކުރާ ވިޔަފާރިވެރިޔާ މުޙައްމަދު ވަޙީދު (ދިގަލި)، ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުޢާޒު ޢަލީގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެހެން ފަރާތެއްގެ މުދަލެއްގެ މައްޗަށް ޣައިރު ޤާނޫނީ ބާރުހިންގުމަށް ރޭވުމާއި، އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މީގެ އިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާޢީލާއި، އެމް.ޕީ.އެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ، ނޫރަލީގޭ އަޙްމަދު ޝަހީމް އަދި ހ. ރޫމޭނިއާ، އަޙްމަދު ފިރުސާންގެ މައްޗަށް ވެސް މަތީގައި ވާ ދެ ދައުވާ އުފުލާފައިވެއެވެ. އެއީ އެހެން ފަރާތެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި، އެކަން ރޭވުމުގެ ދައުވާއެވެ.
އެމް.ޕީ.އެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ، ޗާންދަނީގޭ ޙުސައިން ސާމިޙް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަޙީދުގެ މައްޗަށް އުފުލާފައިވަނީ އެހެން ފަރާތެއްގެ މުދަލެއްގެ މައްޗަށް ބާރުހިންގުމުގެ ދައުވާއެވެ.
ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުޙައްމަދު ޢަލަމީން މިޔާ އާއި ކ. ތުލުސްދޫ، ލިންކް ޙަސަން ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލާފައިވަނީ އެހެން ފަރާތެއްގެ މުދަލެއްގެ މައްޗަށް ބާރުހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ފުލުހުން ދައުވާކޮށްދިނުމަށް އެދުނު ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފްގެ މައްޗަށް ދައުވާ ނުކުރަން ޕީ.ޖީ. އޮފީހުން ނިންމާފައިވެއެވެ. އެއީ އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ ކަމަށް ޕީ.ޖީ. އޮފީހުން މައުލޫމާތުދެއެވެ.
މިމައްސަލައިގައި ހައްޔަރުކުރި މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރި ނަމަވެސް، ޕީ.ޖީ. އޮފީހުގެ އެދުމަށް ދެ ވިޔަފާރިވެރިންނާއި ޙަސަން ޢަބްދުއްރަޙްމާން ވަނީ ބަންދުން ދޫކޮށްލާފައެވެ. ޕީ.ޖީ. އޮފީހުން ބުނި ގޮތުގައި، އެގޮތަށް ނިންމީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައިނުވާތީ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ، ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން، ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ކަސްޓަމުން ބުނެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު