ސަރުކާރު ކުންފުނިތަކަށް މިލިއަނުން ގެއްލުންވަނީ އެ ތަންތަން ސިޔާސީ ވަޒީފާ އުފައްދާ ތަންތަނަށް ރައީސް މުޢިއްޒުގެ ސަރުކާރުން ހެދުމުން ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. ސަރުކާރުގެ ކުންފުނިތައް ގެއްލުމުގަައި ހިންގާތީ އެކަމަށް އިޝާރަތް ކުރައްވައި އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަށް މިހާރު އެތައް މިލިއަނުން ގެއްލުން ލިބެމުންދަނީ، ރައީސް މުޢިއްޒު އެތަންތަނަކީ ސިޔާސީ ބޭފުޅުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދޭ ތަންތަނަށް ހަދާފައިވާތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ، ދައުލަތަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހިފައިވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލް ވަނީ ރައީސް މުޢިއްޒަށް ނަސޭހަތެއް ދެއްވާފައެވެ. ޑރ.ޖަމީލް ވިދާޅުވީ އެތައްހާސް ބޭކާރު ވަޒީފާތަކަކީ އެމަނިކުފާނުގެ ތަރިކައިން މުސާރަ ދޭ ވަޒީފާތަކެއް ނޫންކަމާއި، އެއީ ބުރަ މަސައްކަތްކުރާ ޓެކްސްޕޭޔަރުންގެ ފައިސާކަން ގަބޫލްކޮށް، މި އަނިޔާ ޓެކްސްދައްކާ ރައްޔިތުންނަށް ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
ޕީސީބީގެ ރިޕޯޓުން ހާމަވެފައިވާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއްވީ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުންޏަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.
ތިންވަނައަށް އެންމެ ބޮޑަށް ގެއްލުންވީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފެނަކައަށެވެ. އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި 33.72 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.
އެ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެއް ކަން ފާހަަކޮށްލެވެއެވެ.
ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު