ޖާމިނު ކުރުމަށްފަހު ފުރުވާލުމަކީ ޤާނޫނު ދަންނަކަމެއް ނޫންކަން ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީއަށް ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ ޕީޖީން އެދިގެން ޕާސްޕޯރޓް ދޫކޮށްލުމުން ފުރައިގެން ގޮސްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައިގާ ޕީޖީން ދައްކަވާ ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ. ހައިލަމް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޕީޖީ އިން އެދުނީ މީހަކު ޖާމިނު ކުރުމަށްފަހު އަލީ ވަހީދު ފުރުވާލަން ކަމަށާއި އެކަން ޕީޖީ އޮފީހުގެ ބަޔާނުން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ހައިލަމް މިކަން ހާމަކޮށް ކުރެއްވި ޓްވީޓްގައި ޕީޖީން ކޯޓުގައި އެކަމަށް އެދިފައިވާ ބަޔާނުގައި ހިމެނޭ އެބައި ނަކަލު ކުރަށްވައި ހިމަނުއްވާފައި ވެއެވެ. މިނިސްޓްރީގައި މަސައްކަތް ކުރާ އަންހެނުން ތަކަކަށް ޖިންސާ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގަން އުޅުން ފަދަ ހައްސާސް ތުހުމަތު ތަކެއްކޮށް ޕީޖީން ދަޢުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރައިގެން ދިޔައީ ޕީޖީން މީހަކު ޖާމިނުކޮށް އޭނާގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދުމުން ކޯޓުން އެގޮތަށް ނިންމުމުންނެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަޑައިގެން ޕީޖީ ހުސައިން ޝަމީމް ވަނީ އަލީ ވަޙީދު ފުރުވާލި މައްސަލައާ ގުޅިގެން, މަޖިލީހުގެ އަންހެން 4 މެމްބަރުން ހުށައެޅުއްވި މައްސަލައިގައި ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފައެވެ. އަދި އެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ޕީޖީ ވަނީ ކޮމިޓީ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރެއް ނެރުމަށް ހުށައެޅޭނީ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކުންކަން ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި ބަޔާންކޮށްފައި ވީނަމަވެސް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ޕީޖީ ވިދާޅުވީ، މިހާތަނަށް އަމަލު ކުރަމުން އައި ގޮތަށް ބަލާއިރު، މައްސަލައެއް ކޯޓަށް ހުށައެޅުމަށްފަހު، އެ މައްސަލައިގެ ތެރޭގައި ހިމެނޭ މީހުންނާ ގުޅޭ އަމުރު ނެރުން ފަދަ ކަންކަމަކީ ޕީޖީ އޮފީހުން ކުރަމުންދާ ކަމެއް ކަމަށާއި ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރުމަށް ހުށައަޅާނީ ޤާނޫނު ތަންފީޒު ކުރާ އިދާރާއަކުންކަން ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައި ބަޔާން ކޮށްފައިވާއިރު، މިހާތަނަށް އެފަދަ އަމުރުތައް ނެރުމަށް ޕީޖީ އޮފީހުން އެދެމުން އައީ އެކަމުގައި ޤާނޫނު ހަނު އޮތުމުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

"މި މައްސަލައާއި އެ މައްސަލަ (ސުޕްރީމް ކޯޓުން ގޮތް ނިންމި މައްސަލަ) ތަފާތުވަނީ، މި މައްސަލައިގައި އަޅުގަނޑުމެން އަމަލުކޮށްފައި އޮތީ ޤާނޫނުގައި ބުނާ ގޮތަށް، ހަމަ ސީދާ ލަފްޒަށް، ޤާނޫނުގައި ލަފްޒީ ގޮތުން އެ ބުނާ ގޮތަށް ކަންކަން ކޮށްފައި އޮތީ، އަޅުގަނޑުމެންނަށް އަމުރެއް ނެރެން ޖެހޭކަން ޤަބޫލު ކުރެވިގެން ފުލުހުންނަށް ރިކުއެސްޓު ކޮށްގެން ފުލުހުން މެދުވެރިކޮށް އެ ފޯމު ފުރައި، ޤަވާއިދާ އެއްގޮތަށް އަމުރު ނެރެފައި އޮތީ، އެހެންވީމާ މީ ސުޕްރީމް ކޯޓުގެ ފަހުން މި ނިންމި މައްސަލައާ ގުޅިގެން އެއްވެސް ބަދަލެއް އަންނާނެ މައްސަލައެއް ނޫން، ނުވަތަ އަމުރަކަށް ބަދަލެއް ގެންނަންޖެހޭ ގޮތަށް އޮތް މައްސަލައެއް ނޫން." ޝަމީމު ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ބޭސްފަރުވާއަށް ބަންދުން ދޫކޮށްލާފައި ހުންނަ މީހަކަށް ޖާމިނުވުމަކީ ޤާނޫނު ދަންނަ އުސޫލެއް ނޫން ކަމަށެވެ. އެފަދަ ޙާލަތްތަކުގައި ޖާމިނުވެގެން މީހުން ފޮނުވުމަކީ ޤާނޫނުގައި ލިޔެފައި އޮތް އުސޫލެއްވެސް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ބަންދުން ދޫކޮށްލާފައި ހުންނަ މީހަކަށް ޖާމިނުވުމަކީ ޤާނޫނު ދަންނަ އުސޫލެއް ނޫން ނަމަވެސް އެފަދަ ޙާލަތްތަކުގައި ޖާމިނުވެގެން މީހުން ފޮނުވުމަކީ ޤާނޫނުގައި ލިޔެފައި އޮތް އުސޫލެއްވެސް ނޫންކަމަށް ޝަމީމް އިއްޔެ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގެ ލިއެކިއުންތަަކަށް ބެލިއިރު، މައްސަލައިގެ ޖާމިނުވި މީހާ އެކަމަށް އެދި ހުށައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާއާ ޙަވާލާދީ ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ ޖާމިނު ކުރުވާފައިވަނީ އެ މާއްދާގެ ޝަރުތުތައް ހަމަވާތީ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ބަޅުމީހާ

26-Feb-2021

އެޅާހުރީހޭބަލިވެފަތަ ނަގޫކެނޑިކުއްތާ🦮🐊



ޓްރެންޑިން