ދިވެހިރާއްޖޭގެ ކެރަމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ޒުވާން ޅެންވެރިއެއް ކަމަށްވާ ރިބާހު ހުސައިން (ލިޔަން ސޮރަ) ގެ އާލަވައެއް ނެރެފިއެވެ.
"ގައުމޭ މަހަލްދީބޭ" މިނަމުގައި ނެރެފައިވާ މިލަވައަކީ، 7 ވަނަ ކެރަމް ވޯލްޑު ކަޕާ ގުޅުވައިގެން ބޭއްވިޕްރެސް ކޮންފަރެންސެއްގައި އާންމުކުރި ލަވައެކެވެ. މިލަވަ މިހާރު ސައުންޑު ކުލައުޑް މެދުވެރިކޮށް އަޑުއެހޭނެއެވެ.
"ގައުމޭ މަހަލްދީބޭ" ލަވައިގެ މައިގަނޑު މަގުސަދަކީ، ބައިނަލް އަގްވާމީ މުބާރާތްތަކަށް ދިވެހި ގައުމީ ޓީމު ވަމުންދާ ތައްޔާރީތަކާއި، ޓީމުގެ އެއްބައިވަންތަކަމާ އަހްވަންތަކަމާ އަޒުމާ ޖޯޝުގެ ވާހަކަ ކިޔައިދިނުމެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންގެ ކިބައިން ގައުމީ ޓީމަށް ސަޕޯޓާއި ތަރުހީބަށް އެދިފައިވާއިރު، އެ ތަރުހީބަކީ ކުޅުންތެރިންނަށް އައު ހިތްވަރެއް ގެނެސްދޭނެ ކަމެއްކަން މިލަވައިން ވަނީ ހާމަކޮށްދީފައެވެ.
ރިބާހު ހުސައިން ވަނީ 7 ވަނަ ކެރަމް ވޯލްޑު ކަޕުގެ "ތީމް ސޯންގު ޕާރޓްނަރ" ގެ ގޮތުގައިވެސް މަސައްކަތް ކޮށްދީފައެވެ. ރިބާހުގެ އެންމެ ފަހުން ލިޔުނު ލަވަ "މާ ލިލީ" މިހާރު ވަނީ ބައި މިލިއަނަށް ވުރެ ގިނަ ވިއުސް ހޯދާ ބެލުންތެރިންގެ މެދުގައި މަޤުބޫލު ލަވަޔަކަށް ވެފައެވެ.
ލ. ގަމަށް އުފަން އުމުރުން 22 އަހަރުގެ ރިބާހު ހުސައިން، ޅެމުގެ ދުނިޔޭގައި މަޝްހޫރުވެފައިވަނީ "ލިޔަން ސޮރަ" ގެ ނަމުގައެވެ. އޭނާ ވަނީ ލިޔަން ސޮރަ ބްރޭންޑުގައި 7 އަހަރުދުވަހު ޅެން ލިޔެފައެވެ.
ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަދި އިންޓަރނޭޝަނަލް ކެރަމް ފެޑަރޭޝަންގެ ނައިބު ރައީސް ރައުޝާން ހުސައިން މި ލަވައިގެ މަޤްސަދު ސާފުކޮށްދެއްވަމުން ވިދާޅުވީ، ޓީމުގެ ފުރިހަމަ ތައްޔާރީތަކާއި، ކުޅުމުގެ އުކުޅުތަކާއި، މޮޅު ކުޅުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބާއި ހިތްވަރު ވެސް އެހާމެ މުހިއްމު އަދި ބާރުގަދަ ބާރެއްކަން މި ލަވައިގެ ޒަރީޢާއިން ހާމަކުރުމަކީ އޭގެ މައިގަނޑު ބޭނުން ކަމަށެވެ. ޚާއްސަކޮށް ބައިނަލް އަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވާއިރު، މިފަދަ ތަރުހީބުގެ މުހިއްމުކަން ވަކިން ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު