އިންޑިޔާއަށް އެތެރެވާ މީހުން ކޮވިޑުގެ އާވޭރިއަންޓްތަކަށް ޓެސްޓު ކުރަންފަށައިފިއެވެ.

މިގޮތުން، އިނގިރޭސިވިލާތް، ދެކުނު އެފްރިކާ، އަދި ބްރެޒިލުން އިންޑިޔާއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑުގެ އެކި ވޭރިއަންޓްތައް ދެނެގަތުމަށް ހެދޭ މޮލެކިޔުލަރ ޓެސްޓު ހެދުމަށް މަޖުބޫރުކޮށްފައިވެއެވެ. މިއީ ކޮވިޑުގެ ވޭރިއަންޓްތައް އިންޑިޔާގައި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ހެދިފައިވާ އާގަވާއިދެކެވެ.

ކޮވިޑުގެ ބަލިމަޑުކަންފެތުރެމުންދާ ގައުމުތަކުގެ ތެރެއިން، އެމެރިކާއަށްފަހު އެންމެ ގިނަބަޔަކު މިބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ އިންޑިޔާގައެވެ. މީގެއިތުރުން، ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓްް އިންޑިޔާއިން ފެނިފައިވާކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އިންޑިޔާގެ ހަތަރު މީހަކު ވަނީ މިވޭރިއަންޓްއަށް މިދިޔަ މަހު ޕޮޒިޓިވްވެފައެވެ.

ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓްގެ އިތުރުން ބްރެޒިލް އިން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓްް ވެސް އިންޑިޔާއިން ފެނިފައިވާކަމަށް އިންޑިޔާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އިންޑިޔާގައި ކޮވިޑުގެ ވޭރިއަންޓްތައް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ހެދިފައިވާ އާގަވާއިދުގެ ދަށުން އިނގިރޭސިވިލާތް، ދެކުނު އެފްރިކާ، އަދި ބްރެޒިލުން އިންޑިޔާއަށް ދަތުރުކުރާ ފަރާތްތައް އެހެން ގައުމެއްގައި ޓްރާންސިޓް ކުރިޔަސް، އިންޑިޔާއަށް އެތެރެވުމަށް މޮލެކިޔުލަރ ޓެސްޓު ހަދަން މަޖުބޫރުވާނެއެވެ. އަދި މިޓެސްޓު ހެދުމަށް ލާރިދައްކަން ޖެހޭނީ އެމީހަކު އަމިއްލައަށް ކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީއިން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން، އިންޑިޔާއަށް ދަތުރުކުރާ ހުރިހާމީހުންވެސް އިންޑިޔާއަށް އެތެރެވުމަށް، ކޮވިޑު ޓެސްޓެއް ހަދައި އޭގެ ނަތީޖާ ނެގަޓިވް ވެފައިވާކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީއިން ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން