އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަދި ކެނެޑާގެ ބޮޑުވަޒީރު.
އިންޑިޔާގެ ބޮޑުވަޒީރު މޯދީ އަދި ކެނެޑާގެ ބޮޑުވަޒީރު.
ކެނެޑާއަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެއްޖެއެވެ.

ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި ހަމައަށް އައުމުގެ ކުރިން ދެގައުމުގެ އިސްވެރިންވަނީ ބައްދަލުކުރަށްވާފައެވެ. މިބައްދަލުވުމުގައި

ކެނެޑާއަށް ވެކްސިން ފޯރުކޮށްފިނުމާ ގުޅޭގޮތުން ބޭނުންވާ އެހީތެރިކަން ކެނެޑާގެ ބޮޑުވަޒީރު ފާހަގަކުރަށްވާފައިވާއިރު، އިންޑިޔާގެ ބޮޑުވަޒީރު ވަނީ އިންޑިޔާއިން ކެނެޑާއަށް އެއްމިލިއަން ޑޯޒު ވެކްސިން ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ.

އަދި މިބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން، ކޮވިޑުން ރައްކާތެރިވުމަށް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދަމުންދާ ވެކްސިން ލިބޭނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

އިންޑިޔާއިން ކެނެޑާއަށް ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާއިރު، އިންޑިޔާގައި ދަނޑުވެރިން ކުރަމުންދާ މުޒާހަރާއާއި ބެހޭގޮތުން ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ވާހަކަތަކާއިއެކު ދެގައުމުގެ ހާރިޖީ ގުޅުމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމާ ގުޅުވައިގެން ކެނެޑާއިން އިންޑިޔާއަށް ކަނޑައަޅާފައިވާ ސްޕެޝަލް އެންވޯއީއަށް އިންޑިޔާ ސަރުކާރުން ވަނީ އިންޒާރު ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން