މިހާރު އެންމެ ވާދަވެރި ރޭހަކީ ކޯވިޑް-19 އަށް ވެކްސިން ތައްޔާރު ކުރުމުގެ ރޭސް
މިހާރު އެންމެ ވާދަވެރި ރޭހަކީ ކޯވިޑް-19 އަށް ވެކްސިން ތައްޔާރު ކުރުމުގެ ރޭސް
2021 ވަނަ އަހަރުގެ ކުރީކޮޅުގައި ކޯވިޑް-19 އަށް ހާއްސަ ވެކްސިނެއް ތައްޔާރުކުރެވި އާންމުން ބޭނުންކުރުމަށް ބާޒާރަށް ނެރެވޭނެކަމަށާއި، އެމަރޖެންސީގައި ބޭނުންކުރުމަށް އެންމެ އަވަހަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް އެ ވެކްސިން ދޫކުރެވިދާނެކަމަށް ޗައިނާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފިއެވެ.

ސައުތް ޗައިނާ މޯނިންގ ޕޯސްޓާއި ހަވާލާދީ ނިއުޔޯކް ޕޯސްޓުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގެ ސީޑީސީގެ ފަރާތުން ވާހަކަދައްކަވަމުން އެތަނާއި ހަވާލުވެ ހުންނެވި ގާއޯ ފޫ ވިދާޅުވީ ދެވަނަ ފަހަރަކަށް ވައިރަސް ފެތުރެން ފެށުމުގެ ކުރިން ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރެވޭނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަލަށް ތައްޔާރުކޮށް، ފޭސް 2 އަދި ފޭސް 3 ގެ ކްލިނިކަލް އަޖުމަބެލުމުގައި މަސައްކަތް ކުރަމުން ގެންދާ މި ވެކްސިން ސިއްހީ ހިދުމަތްދޭ ފަރާތްތައް ފަދަ ހާއްސަ ފަރާތްތަކަށް މިއަށްވުރެ އަވަހަށްވެސް ދެވިދާނެކަމަށް ޗައިނާއިން ބުނެފައި ވެއެވެ.

މިއީ ޗައިނާގެ ވުޒާރާއަކުން ވެކްސިން ތައްޔާރުވާނެކަމަށް ބުނެ ތާރީހެއް ހާމަކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވާގޮތުގައި އެމެރިކާގައި ވެކްސިނެއް އެންމެ އަވަހަށްވެސް ނެރެވެން އޮތީ މީގެ އަހަރު ދުވަސް ފަހުން ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ވެކްސިނެއް ނެރެވޭނީ 18 މަސްދުވަސް ފަހުންނެވެ.

ދުނިޔޭގައި މިހާތަނަށް އެންމެ އަވަހަށް ބާޒާރަށް ނެރެވުނު ވެކްސިނަކީ މަމްޕްސް ވެކްސިނެވެ. މިވެކްސިން ތައްޔާރުކުރުމާއި ބާޒާރަށް ނެރެމުގެ ހުއްދައާއި ދޭތެރޭގައި 4 އަހަރުގެ މުއްދަތެއް ވަނީ ހޭދަވެފައެވެ.

މިހާތަނަށް 2.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 2 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއި ކޮރޯނާވައިރަހުން ސަލާމަތްވެވެން އޮތީ ބައްޔަށް ވެކްސިނެއް ތައްޔާރުކުރެވިގެންކަމަށް ގިނަ ސިއްހީ މާހިރުން ގަބޫލުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން