ނިއުޒިލޭންޑްގައި އެންމެ ފަހުން ރިޕޯޓްކޮށްފައިވާ ކޮވިޑްގެ ދެކޭސް އަކީ އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ ވޭރިއަންޓް ކަމަށް ނިއުޒިލޭންޑްގެ ބޮޑިވަޒީރު ވިދާޅުވެއްޖެއެވެ.

ކޮވިޑު ބަލި ފެތުރޭ މިންވަރު ނިއުޒިލޭންޑްގައި ކޮންޓްރޯލް ކުރެވުމާއެކު އެތައްގައުމަކުން ނިއުޒިލޭންޑަށް ތައުރީފުކޮށްފައިވެއެވެ. އަދި މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެގައުމުގައި އެތަކެއް ހަރުކަށި ފިޔަވަޅުތަކެއް އަޚާފައި ވެއެވެ. އެގައުމުން މިބަލި އެއްކޮށް ނައްތާލުމަށްފަހު އެގައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދޫދެވުނެވެ. ނަމަވެސް ނިއުޒިލޭންޑްގެ އެންމެ ބޮޑު އެއްސިޓީ އިން އެއް އާއިލާ އަކުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެސިޓީ ވަނީ އަލުން ލޮކްޑައުންގެ ހާލަތަށް ގެނެވި، އެސިޓީގައި ހަރުކަށި ފިޔަވަޅުތައް ގާއިމު ކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިއުޒިލޭންޑްގެ ބޮޑިވަޒީރު، ޖަސިންދަ އާރޑެން ވިދާޅުވެފައިވަނީ މިފަހުން ރިޕޯޓު ކުރެވުނު ކޭސްތަކުގެ ތެރެއިން ދެ ކޭސް އަކީ އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ ވޭރިއަންޓް ކަމަށެވެ. މިިއާއެކު ނިއުޒިލޭންޑުން ފެނުނު މިއާވޭރިއަންޓް އިތުރަށް ފެތުރުނަ ނުދިނުމަށް ހަރުކަށި ފިޔަވަޅު އެޅޭނެކަމަށްވެސް ޖަސިންދަ އާރޑެން ވިދާޅުވެފައިވެއެވެ.

ނިއުޒިލޭންޑްގެ އޮކްލޭންޑް ސިޓީގައި ޕޮޒިޓިވްވެފައިވަނީ ދެމަފިރިޔަކާއި އެމީހުންގެ އަންހެން ދަރިފުޅެވެ. މީގެ ތެރެއިން ދެމީހަކު ކޮވިޑުގެ ވޭރިއަންޓް އަކަށް ޕޮޒިޓިވް ވުމާއެކު ނިއުޒިލޭންޑުން އޮސްޓްރޭލިޔާއަށް ކުރާ ދަތުރު ތަކަކީ ރެޑް ޒޯން އަކުން ކުރެވޭ ދަތުރު ތަކެއް ކަމަށް އޮސްޓްރޭލިޔާ އިން ވަނީ ކަނޑައަޅާފައެވެ. މިއާއެކު ނިއުޒިލޭންޑުން އޮސްޓްރޭލިޔާއަށް ދަތުރުކުރާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީނު ވާންޖެހޭނެ ކަމަށް އޮސްޓްރޭލިޔާ އިން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން