ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިންގ (ފޮޓޯ:- ރާއްޖެ އެމްވީ)
ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާ ބިލްޑިންގ (ފޮޓޯ:- ރާއްޖެ އެމްވީ)
މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި އަކީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި ކަމަށެވެ.

މިކަން ހާމަކޮށްފައިވަނީ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 13 ވަނަ ނަންބަރު ދެންނެވުމުގައެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާން މަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާބެހޭ ގޮތުން ރައީސް އޮފީހުން ނެރުއްވާފައިވާ މި އަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތަށް ޢަމަލުކުރެއްވުމަށްވެސް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ޚިދުމަތް ދިނުމުގައި ވީހާވެސް މަދު މުވައްޒަފަކު ބޭނުންކޮށްގެން މަސައްކަތްތައް ރޭއްވެވުމަށް އެންމެހާ އޮފީސްތަކަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން