މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ ބަޔަކަށް ފުލުހުން އެހީ ފޯރުކޮށްދެނީ
މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ ބަޔަކަށް ފުލުހުން އެހީ ފޯރުކޮށްދެނީ
ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ 101 ފަރާތަކަށް އިއްޔެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ވަގުތީ ހިޔާތަކުގައި ތިބި ފަރާތްތަކުގެ އިތުރުން، ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ 101 ފަރާތަކަށް އިއްޔެ އެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ޢާމްދަނީ ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ބޯހިޔާވަހިކަމާއި، ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ރައްޔިތުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ހިމެނެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ޙާލުގައި ޖެހިފައިވާ މީހުން ތިބޭނެ ތަންތަނުގެ އިތުރުން، ކާބޯތަކެތި އަދި ޓޮއިލެޓްރީޒް، ސާފުތާހިރުވާން ބޭނުންވާ ތަކެތި ވެސް ސަރުކާރުން އެމީހުންނަށް ފޯރުކޮށްދީފައިި ވާކަމަށެވެ. މިކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ވުޒާރާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ޖެންޑަރ މިނިސްޓްރީ އެވެ.

ކާބޯތަކެތީގެ އިތުރުން ވެސް ބައެއް މީހުންގެ އަންނައުނު ނެތުމުގެ ސަބަބުން، އެކަމަށް ވަކި ބަޖެޓެއް ކަނޑައަައިިގެން އަންނައުނު ހޯދައިދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން