ކޮވިޑުން ރައްކާތެރިވުމަށް އޮކްސްފޯޑު ޔުނިވަރސިޓީ އަދި އެސްޓްރަރޒެނެކާ އިން ތައްޔާރުކޮށްފައިވާ ވެކްސިން ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަދީފިއެވެ.

އެސްޓަރަރޒެނެކާގެ ވެކްސިނަށް ހުއްދަދިނުމުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މިވެކްސިން ބޭނުންކުރުމަށް އިރުޝާދުވެސް ދީފައެވެ. އަދި މިވެކްސިނަކީ ކޮވިޑުގެ އެކި ވޭރިއަންޓްތައް ދައުރުވަމުންދާ ގައުމުތަކުގައިވެސް ބޭނުން ކުރުމަށް ރަނގަޅު ވެކްސިނެއްކަމުގައި ޑަބްލިޔުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މިވެކްސިނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދިނުމަށްވެސް ރައްކާތެރި ވެކްސިނެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކަނޑައަޅާފައެވެ. އަދި މިވެކްސިނަކީ 63 އިންސައްތަ ރައްކާތެރި ވެކްސިނެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯގެ ވަގުތީ ނަތީޖާގެ ނިންމުންތަކުގައި ވެއެވެ.

އޮކްސްފޯޑު އަދި އެސްޓަރަރޒެނެކާގެ ވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާ ދިރާސާ ކުރުމަށްފަހު މިވެކްސިން ބޭނުން ކުރުމަށް އިރުޝާދު ދިނުމަށް ހުށައަޅާފައިވަނީ ވެކްސިނާއި ބެހޭ ހާއްސަ ސިއްހީ މާހިރުންތަކެއް އެކުލެވޭ ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު


9

އައި

11-Feb-2021

އަދި އެދިނީ ޖަހާ ނިމުނީމަ.


11

އައި

11-Feb-2021

އަދި އެދިނީ ޖަހާ ނިމުނީމަ.



ޓްރެންޑިން