ރާއްޖޭގައި ހިންގާ ރިސޯޓެއް- ފަތުރުވެރިކަން ހުއްޓިފައިވާތީ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި
ރާއްޖޭގައި ހިންގާ ރިސޯޓެއް- ފަތުރުވެރިކަން ހުއްޓިފައިވާތީ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި
ރާއްޖޭގެ އަންއެމްޕްލޯޔަމަންޓް ރޭޓް ނުވަތަ ވަޒީފާ ނެތް މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަޢުލަތުގެ މާލީ ވަޒީރު ވިދާޅުވީ ރާއްޖޭގެ އަންއެމްޕްލޮއިމަންޓް ރޭޓަކީ ކޮބާކަން އެނގޭ ސީދާ ތަފާސްހިސާބެއް ނެތްކަމަށެވެ.

އެހެން ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނަ ލޮޅުންތަކާއި، ޤައުމީ އުފެއްދުންތެރި ކަމަށް އަންނަ ބަދަލާއެކު ވަޒީފާގެ ބާޒާރަށާއި، އިންފްލޭޝަނަށް ބަދަލު އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަ ކުރިއަށް ގެންދަވަމުން އަމީރު ވިދާޅުވީ، "ރާއްޖޭގައި ވަޒީފާއިން ވަކިކުރާ މީހުންގެ ޢަދަދާއި، ވަޒީފާ ނެތް މީހުންގެ ޢަދަދު ބޮޑުތަކުން އިތުރުވާނެ ކަމަށް ލަފާކުރެވޭ. ފާއިތުވީ ހަފްތާތަކުގެ ތެރޭގައި ވަޒީފާއިން ވަކިކުރުމާއި، ނޯޕޭ ލީވް ނެގުމަށް މަޖުބޫރު ކުރުވުމާއި، މުސާރަ ކުޑަކުރުމުގެ ގިނަ ޝަކުވާތަކެއް ޖޮބް ސެންޓަރ ތަކަށް ވަނީ ލިބިފައި."

ރާއްޖޭގެ އުފެއްދުންތެރިކަމުގެ 25 އިންސައްތަ ފަތުރުވެރިކަމުގެ ސިނާޢަތުން ސީދާ ޙިއްސާ ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން މަޑުޖެހިފައިވުމާއެކު ޤައުމީ އުފެއްދުންތެރިކަން މަޑުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ލަފާކުރާ ސިނާރިއޯ 3 ގައި ޤައުމީ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ އެއީ ނޯމިނަލް ޖީޑީޕީން ބަލާއިރު 81 މިލިއަން ރުފިޔާ ކަމަށެވެ.

މާލީ ވަޒީރު ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކުގެ ތެރެއިން ދަޢުލަތުން 5000 ރުފިޔާގެ އެހީވާނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން