ފިނޭޭންސް މިނިސްޓަރ އަމީން
ފިނޭޭންސް މިނިސްޓަރ އަމީން
ރާއްޖޭގެ އިޤްތިޞާދު މިވަގުތު މިއޮތީ ވެންޓިލޭޓަރުގައި ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިވަގުތު އޮތީ ވެންޓިލޭޓަރުގެ އެހީ ބޭނުންވާ ހިސާބުގައި ކަމަށެވެ.

"މިހާރު ވެސް ވަނީ އިގްތިސޯދަށް ބޮޑު ލޮލުމެއް އައިސްފައި. އިޤްތިޞާދަށް މިވަނީ ވެލްޓިލޭޓަރުގެ އެހީ ބޭނުންވެފައި. ބޭސް ހުންނާނެ ކޮންމެ ކަމަކަށް ވެސް. ސައިޑް އެފެކްޓްސް ހުންނާނެ ކަމަށް ބަލައި އެތަކެތި ބޭނުން ނުކުރުމަކީ ރަނގަޅު ކަމެއް ނޫން. އެހެންވީމަ ފަސް ނުޖެހި އެބަޖެހޭ ފިޔަވަޅު އަޅަން." މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތުން މިސާލު ޖައްސަވަމުން އަމީރު ވިދާޅުވިއެވެ.

މިވަގުތު ކުރަން ޖެހޭ ކަމަކީ އިޤްތިޞާދީ ރިސެޝަންގެ ގުދު ފަތި ކުރުންކަން ފާހަގަ ކުރަށްވައި މާލީ ވަޒީރު އަމީރު ވިދާޅުވީ، މިހާރު ދަޢުލަތުން ފިޔަވަޅު ނާޅައިފިނަމަ އިޤްތިޞާދީ ރިސެޝަން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ. އަދި ރިސެޝަނެއްގައި އިޤްތިޞާދު ހިންގަން ޖެހޭނެ ގޮތް ވެސް އަމީރް ވަނީ ވިދާޅުވެ ދެއްވާފައެވެ.

މިކަމަށް ބަޖެޓުން ޖާގަ ހޯދަން ޖެހޭ ކަމަށާއި، ކޭޝް ފްލޯރ ހަމަޖައްސަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ދަޢުލަތުގެ ޚަރަދުތައް ހިފަހައްޓައި، އިޤްތިޞާދީ ރިލީފް އަދި ސްޓިމިއުލަސް ޕެކޭޖް ފޯރުކޮށްދީގެން ރިސެޝަން ކާވް ފަތިކުރެވިގެން ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ އިސްތިސްނާއަކަށް އެދިވަޑައިގެންފައިވާނެކަން ފާހަގަކުރައްވަމުން އަމީރުވަނީ އެ ޤާނޫނުގައި ބުނާ އިސްތިސްނާ ދެ ޙާލަތު މިހާރު އައިސްފައިވާކަން ފާހަގަ ކުރައްވާފައެވެ. އެއީ ޤުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވުމާއި އިޤްތިޞާދީ ބޮޑު ކަމެއް ކުރިމަތިވުމެވެ.

މިހާރުގެ ޙާލަތަށް ބަލާއިރު ރާއްޖެއަށް ބޭނުންވާ ސިއްޙީ ސާމާނު ވަނީ ދުނިޔޭގެ ގައުމުތަކުން ހަދިޔާކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން 30.9 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރަމުން ދާ ކަމަށާއި، އޭގެ ތެރެއިން 10 މިލިއަން މިހާރު ލިބިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން، 9 މިލިއަން ޑޮލަރާއެކު ޖުމްލަ 233.39 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން މިވަގުތު ފޯކަސް ކުރަނީ ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދަން ކަމަށާއި، ރާއްޖެއިން ނަގާ ލޯނުތަކަކީ އިންޓަރެސްޓް ރޭޓް ކުޑަ އަދި ދިގު މުއްދަތުން ދައްކާ ލޯނުތަކެއް ކަމަށް މާލީ ވަޒީރު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން