ރައްޔިތުންްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ހުރިހާ ރައްޔިތުން ކެތްތެރިކަމާއެކު، ހިތްވަރުގަދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށް ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ މި ރަމަޟާންމަސް ކުރިމަތިމިވީ މުޅި ދުނިޔެއަށް މުޅިން އައު ޖަރާސީމެއް ޢާއްމުވެ މުޅި އިންސާނިއްޔަތު ވަރަށް ކަންބޮޑުވެފައިވާ ޙާލަތެއްގައި ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު މަޑުޖެހި ރައްޔިތުންގެ ޢާމްދަނީ އަށް ވަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ. ރައީސް ނަޝީދު ވަނީ މި ދަނޑިވަޅުގައި ރައްޔިތުން ކެތްތެރިވެ ހިތްވަރުގަދަ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

"ކެތްތެރިވެލައްވާ. ހިތްވަރު ގަދަ ކުރަށްވާ. ހަމަކަށަވަރުން އެންމެހާ ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން