ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް.
ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާ އިން އުފައްދާފައިވާ ވެކްސިން ބޭނުންކުރުން ދެކުނު އެފްރިކާއިން ހުއްޓާލިކަމުގައިވިޔަސް އެކުންފުނީގެ ވެކްސިން އެހެން ގައުމުތަކުން ބޭނުން ކުރުން ހުއްޓާނުލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގޮވާލައިފިއެވެ.

ދެކުނު އެފްރިކާއިން އެސްޓަރަރޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލައިފައިވަނީ އެގައުމުން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓާ ދެކޮޅަށް ކުރެވުނު ދިރާސާ އަށްފަހުއެވެ. މިދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާގެ ވެކްސިން މަސައްކަތްކުރާ މިންވަރު ދައްކަމަށް ހާމަވެފައިވެއެވެ.

މިކަމާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވެފައިވަނީ ދެކުނު އެފްރިކާއިން ވެކްސިން ބޭނުން ކުރުން ހުއްޓާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ވެކްސިން ބޭނުން ކުރުން ހުއްޓާލުމަށް ދެކުނު އެފްރިކާއިން ކޮށްފައިވާ ދިރާސާއަކީ ވަރަށްވެސް ކުޑަ ދިރާސާއެއްކަމަށް އެޖަމިއްޔާއިން ބުނެއެވެ. މީގެއިތުރުން ކޮވިޑުގެ އާވޭރިއަންޓްތަކުން ރައްކާތެރިވުމަށް އިތުރު ތަހުލީލުތައް ކުރުމަށް ވެކްސިން ތައްޔާރުކުރާ އެކި ކުންފުނިތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ވަނީ ގޮވާލައްވާފައެވެ.

އެސްޓަރަރޒެނެކާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯވެކްސް ފެސިލިޓީގައިވެސް އިސްރޯލެއް އަދާކުރާ ވެކްސިނެކެވެ. މި ކޯވެކްސް ފެސިލިޓީގެ ފަރާތުން ވެކްސިން ފޯރުކޮށްދިނުމަށް މިއަންނަ ހަފްތާ ތެރޭގައި އެސްޓަރަރޒެނެކާގެ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދެވޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން